ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ބޮޑުން އަލުން ހައްޔަރުކޮށްފި
ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު އަލުން ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައި އެ ނެޓްވޯކުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އެވެ. އެ މައްސަލައިގައި ދައުވާކުރި ނަމަވެސް ދާދިފަހުން އެމީހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.…









