އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބުރޭ ވެސް ވަކިކޮށްފި
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވެސް މަގާމުން ވަކިކޮށްފި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްޣަފޫރު މޫސާ ސޮއިކޮށް މިއަދު ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރަން ވާނެ ކަމަށް ބަޔާންކޮށް ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ…




