އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން އަޙްމަދު މަޢުރޫފް މިއަދު ވަކިކޮށްފި އެވެ.
އެމްޑީޕީން މިއަދު މަޢުރޫފަށް ފޮނުވި ސިޓީއެއްގައި ބުނީ އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށާއި، އެ މަގާމުގައި ހުރެ، ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޕާޓީގެ ނަމުގައި ޝުކުރުއަދާކުރާ ކަމަށެވެ.
ނަމަވެސް އެ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
+1
+1
+1
+1
+1
+1








