ޕީއެންއެފް 100،000ރ. އިން ޖޫރިމަނާކޮށްފި
ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) 100،000ރ. ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ ފޮނުވި ސިޓީއެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށް ދީފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އީސީން ބުނީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އަންގަން ޖެހޭ ކަމަށެވެ.…




