މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރެއްވުމަށް ސޮއި ހަމަ ކޮށްްފި އެވެ. ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ މިހާތަނަށް 40 އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށެވެ. ނާޒިމް ވަކިކުރުމަށް މިހާތަނަށް ސޮއިކުރައްވާފައި ވަނީ މުޅިން ވެސް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންނެވެ. ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ސޮއި ހަމަ ކުރަމުންގެންދާއިރު މިއަދު ހެނދުނު ވަނީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލީސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފަ…






