ގައުމުތަކުގައި ތިބި ފަގީރުންނަށް ކޮވިޑް ވެކްސިން ޖެހޭނެ ގޮތެއް ނެތިފައި ތިއްބާ މުއްސަނދި ގައުމުތަކުން ވެކްސިންގެ ކިތަންމެ ޑޯޒެއް ޖެހިކަމުގައިވިޔަސް ކޮވިޑްގެ ބަލި މަޑުކަމުން އަރައިނުގަނެވޭނެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
މިކަމުގެ ސަބަބެއް ކަަމށް ޑަބްލިއުއެޗްއޯއިން ބުނީ މިހާރުވެސް ވެކްސިން ނުދޭ މީހުންގެ ތެރޭގައި ކޮވިޑްގެ އައު ވައްތަރުތައް އުފެދެމުންދާ ކަމަށާއި އަދި ވެކްސިނެއް ނުގުޑާ ފަދަ ވައްތަރުތައްވެސް އުފެދުން ގާތް ކަމަށެވެ. މިއަދު އެ ޖަމިއްޔާއިން ވަނީ ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހުން އެއް މަހާއި ދޮޅު މަހާއި ދެމެދުގެ މުއްދަތަކަށް ފަސް ކުރުމަށް ގޮވާލާފައެވެ.
މިއީ މިހާތަނަށް ދުނިޔޭގެ ގައުމުތަކުން އެއްވެސް ވަރަކަށް ކޮވިޑް ވެކްސިން ނުލިބޭ ގައުމުތަކުގެ މީހުންނަށް ވެކްސިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިންގެ ތިން ވަނަ ޑޯޒް ނުޖެހުމަށް ގޮވާލި އިރު މިހާރު ބައެއް ގައުމުތަކުން ވަނީ ތިން ވަނަ ޑޯޒް ޖަހަން ފަށާފައެވެ. އެގޮތުން ރާއްޖެއިންވެސް މިހާތަނަށް 12 ހާހަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ވަނީ ޖަހާފައެވެ. އަދި މިމަހުގެ މެދުތެރޭގައި ވެކްސިން ޖެހޭ އުމުރުގެ ހުރިހާ އެންމެނަށް ތިން ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާނެ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.