ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފަށަން އުޅޭކަމަށް އިޒްރާއީލުގެ ނޫހެއްކަމަށްވާ "އިޒްރާއީލުހަޔޮމް" އިން ފަތުރާފައިވާ ހަބަރުތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި އިޒްރާއީލާއި ރާއްޖެއާއި ދެމެދު ވައިގެން ދަތުރުފަތުރު ކުރުމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރުކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަވެސް ދީފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން އިޒްރާއީލާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައިވެސް މިހާތަނަށް ސޮއިކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ދަންނަވަމެވެ. ދިވެހި ސަރުކާރުން މިފަދަަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި ނުވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
- ޓްރާންސްޕޯޓު މިނިސްޓްރީގެ ބަޔާން
އިޒްރާއީލުގެ މީޑިއާގައި ބުނެފައިވަނީ އިޒްރާއީލުގެ ޓްރެވެލް ކުންފުނި ކެމިނޯސް އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ކޮށްފައިކަމަށެވެ. އަދި ދަތުރުތައް ކުރާނީ ސީޝެލްސްގެ އެއާކްރާފްޓެއްގެ ޒަރިއްޔާއިން ކަމަށްވެސް ބުންޏެވެ.
https://hama.mv/articles/habaru/1128
ސެޕްޓެމްބަރު 6 ގައި ދަތުރުތައް ފަށާއިރު ރާއްޖޭގެ ފަސް ތަރީގެ ރިޒޯޓުތަކުގައި ހަފްތާގެ މުއްދަތަށް ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖްތަކެއްވެސް ތައްޔާރުކޮށްފައިވާކަމަށް އެ ނޫހުގައި ބުންޏެވެ. ޓިކެޓު ވިއްކާނެ އަގާއި ޕެކޭޖުތަކުގެ އަގުތައްވެސް ވަނީ ކަނޑައަޅައި އިއުލާން ކޮށްފަ އެވެ.
ެްެސަެ