އިޒްރާއީލުން ގާޒާއާމެދު ހިންގީ ކުށެއްކަމަށް ހިއުމަން ރައިޓްސް ވޮޗުން ކަނޑައަޅައިފި
މުސްލިމުންގެ ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރައިލިއިރު އެއީ ހަނގުރާމައިގެ ކުށެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމެރިކާގެ އެންޖީއޯ، ހިއުމަން ރައިޓްސް ވޮޗުން ކަނޑައަޅައިފި އެވެ.