ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ސެނެޓް މެންބަރުކަން ކުރި ޒީނާޒް މި މަގާމަށް އައްޔަންކުރިކަން ޕީއެންސީން އިއުލާންކުރީ ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މިއަަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލި ޒީނާޒްއަކީ ލޯކްލް ކައުންސިލުތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ނެވެެ.
ޒީނާޒް މި މަގާމަށް ހަމަޖެއްސީ މީގެ ކުރިން އެމަގާމުގައި ހުންނެވި ޝިފާގު މުފީދު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝިފާގު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ. ޕީއެންއެފްއާއި ގުޅިވަޑައިގެންފަ އެވެ.
ފުވައްމުލަކަށް ނިސްބަތްވާ ޒީނާޒް މީގެ ކުރީގައި ވަނީ ޖެންޑާ މިނިސްޓްރީގެ ސީއީއޯކަމުގެ މަގާމު އަދާކޮށްފަ އެވެ. އަދި އޭނާއަކީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްސަދުގައި އުފެއްދި އެންޖީއޯއެއްވެސް ހިންގާ ފަރާތެެއްވެސް މެއެވެ.