ހުޅުމާލޭ ހިއްކާ ސަރަހައްދުން ސަފާރީތައް ނަގަން އަންގައިފި
ހުޅުމާލޭގެ ފޭސް ދޭއްގައި ހިއްކަމުންދާ ސަރައްހައްދުން ބައެއްގައި އަޅާފައިވާ ސަފާރީތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ. އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގެ ބައެއްގައިވާ ސަފާރީތައް އެ ސަރަހައްދުން ނެގުމަށް އަންގާފަ އެވެ. އެޗްޑީސީ އިން ބުނީ އެކޯޕަރޭޝަނުން މިގޮތަށް އެންގީ އެެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުންހުރި ނުރައްކާތެރި ހާދިސާ ހިނގައިފައި ވުމާއި އަދި ކުރިއަށް އޮތްތަނުގައި ހިނގާފާނެ ކަމަށް…