އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ބިދޭސީ މީހާގެ ގައިގައި ލޯންޗުން ޖެހި މަރުވި މައްސަލާގައި ހައްޔަރުކުރި، އެ ލޯންޗު ދުއްވަން އިން ޑްރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުންނެވެ.
އިއްޔެ ހެނދުނު ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ފަރެއް ކައިރީގައި ހިނގި އެ ހާދިސާގަެި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސައްދާމް ހުސައިނެވެ.
އެ ލޯންޗު ދިޔައީ ގަވާއިދާ އެއްގޮތަށް ދިދަ ވެސް ހިފައިގެން ފީނަން ގޮސް އުޅުނު އެ މީހާގެ ގައިމަތިން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
އޭގެ ސަބަބުން އޭނާގެ ކަނާތު ލޮލުން ފެށިގެން އުކުޅުވަޅާ ހިސާބަށް ދެފަޅިވެ ގޮހޮރުވެސް ނުކުމެފައިވާ ކަމަށް ފީއައްޔަށް ނިސްބަތްވާ ދޯނީގައި އެ ވަގުތު ހުރި އަދި މަންޒަރު ދުށް ދިވެހި ކައްޕި ވަނީ މީޑިއާތަކަށް ކިޔައިދީފައެވެ.
ހާދިސާ ހިނގިތާ މާ ގިނައިރެއްނުވެ ފުލުހުން ވަނީ ލޯންޗު ޑްރައިވަރު ހައްޔަރު ކޮށްފައެވެ.
އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާ މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.