މާލެ ސިޓީގެ ޑެޕިޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް މިއަދު އިންތިހާބު ވެއްޖެ އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަރީޝް ވާދަކުރެއްވީ އިދިކޮޅު ކައުންސިލް މެމްބަރުންގެ މެދުގައި އިއްޔެ ނެގުނު ވޯޓަކުން އެގޮތަށް ފާސްވެގެންނެވެ.
ޑެޕިއުޓީ މޭޔަރަކު ހޮވަން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި ނަރީޝް އެމަގާމަށް އައްޔަނުކުރަން ވޯޓު ދިނީ ވޯޓުގައި ބައިވެރިވި 19 ކައުންސިލް މެމްބަރުންގެ ތެރެއިން 12 މެމްބަރުންނެވެ.
https://twitter.com/MaleCitymv/status/1406899344859488256
ނަރީޝް އާއިއެކު އެމަގާމަށް އެމްޑީޕީން ވާދަ ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ. ޒަމީރަށް ލިބިވަޑައިގެންނެވީ ހަތް ވޯޓެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކު ހޮވުން ފަސްކުރީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވެންދެނެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ބައެއް މެމްބަރުން ކަރަންޓީނުގައާއި ރަށުން ބޭރުގައި ތިއްބެވުމަށްފަހު ޖަލްސާއަށް ހަމަވުމުން ވޯޓު ނަގަން އޭރު ނިންމި އެވެ.