ކޮތަރު ކޮށި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން އިދިކޮޅަށް ދީފި
ކޮތަރު ކޮށި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ދީފިއެވެ. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވާ ފޮއްނާފައިވާ ސިޓީގައި ބުނެފައިވަނީ ޕީޕީއެމުން އިންތިޒާމުކޮށްގެން މިމަހުގެ 10 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި އެ ޕާޓީން އެދިފައިވާ ގޮތަށް ބޭއްވުމަށް ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި…