ތިންލައްކަ ފަނަރަހާސް މީހުން ކޮވިޑް19 ދިފާއު ވެކްސިން ފުރިހަމަ ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އާއި ހަމައަށް 315،397 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. މީގެ ތެރޭގައި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 184،212 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް ވަނީ 839 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 115 މީހުންނެވެ.
މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހީ 247 މީހުންނެވެ. އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖެހީ 592 މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުން ޖަހާފައިވަނީ 74 މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 41 މީހުންނެވެ.
މިހާރު ރާއްޖޭގައި ޖަހަމުން ދަނީ ސިނޮފާމްގެ ދެ ޑޯޒެވެ.
+1
+1
+1
+1
+1
+1