އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކަށް މީހުން ވެއްދުމާއި ގުޅޭތުން މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސްބޭފުޅުން މިއަދު ވަނީ ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު މިމަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ޑިޖިޓަލްކޮށް، އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމަށް ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް ކަންތައްތަކާމެދު މަޝްވަރާކުރުމެވެ. އަދި މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ހިޔާލުތަކައި ކަންބޮޑުވުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅިގެން ލިބޭ ޝަކުވާތަކާއި ފޯމުތައް ޕްރޮސެސް ކުރުމުގައި ދިމާވާ ދަތިތަކާގުޅޭ ގޮތުންނާއި ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރުމަށް ވަނީ ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.