ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ރޭ ވިހެއިތާ ގިނައިރުތަކެއް ނުވެ ނިޔާވިފަހުން، އޭނާގެ ދަރިފުޅު ވެސް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހުގައެވެ.
މި ހާދިސާއާއެކު ބައެއް ފަރާތްތަކުން އަންނަނީ ފަރުވާ ލަސްވެ، އެ މައްސަލައިގައި އިހުމާލުތަކެއް ހިމެނޭކަމަށް ބުނަމުންނެވެ.
އެގޮތުން އެ ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ.
ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއްް ނުދެ އެވެ.
ދެމައިން މަރުވުމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނެ ވިލިގިނލީގެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.