ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަން ފެށުމުން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މެދުކަނޑާލައިފިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފަށާފައިވަނީ 9:00 ގައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު އަބްދުއްޣަފޫރު މޫސާ، މުހައްމަދު ނިއުޝާދު، އިބްރާހިމް ނާޒިލް، އަހުމަދު ދީދީ އަދި މައުރޫފް ޒާކިރާއި މުހައްމަދު އިބްރާހީމްގެ ނަން އިއްވަވާފައެވެ. ރިޔާސަތުން އެ މެމްބަރުންގެ ނަން އިއްވެވި ނަމަވެސް އެ މެމްބަރުން ނިކުމެ ވަޑައިނުގަތުމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބުދުﷲ ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް މެންބަރުން ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލަން ނިންމަވާފައެވެ.
މެންބަރުން ނެރުމަށް ފަހު، ޖަލްސާ އަލުން ފަށާފައިވަނީ 9:26 އެހާކަންހާއިރެވެ.
ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ:
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް