މިދިޔަ އަންގާރަ ދުވަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކުހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ސިދާތާ ގުރުން، 24، ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކެފޭގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާރާމާރީގައި ކައްކާގެ އިތުރުން އެ ކެފޭގެ ބަދިގޭގައި މަސައްކަތްކުރާ މީހަކަށް ވެސް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެހީތެރިޔާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.
+1
+1
+1
+1
+1
+1