ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެ، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
އީސީގެ މައި އިދާރާގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސްއެވެ. އަދ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
މި ސްކީމްގައި ބައިވެރިވާ މުވައްޒަފުން ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކުވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެއެވެ. މި ސްކީމަށް މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފެކެވެ.
ސަރުކާރުގެ ގިނަ އިދާރާތަކުން އަންނަނީ ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ބައިވެރިވަމުންނެވެ.