ހުޅުމާލެ ފޭސް 1 ގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ "ފްރިޒް" ގުދަނުގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައި ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
+1
+1
+1
+1
+1
+1