ޑަައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ އަޙްމަދު އަޙްސަން، ފެހިވިނަ / މ. މުލި (24އ) އެވެ.
ފުލުހުން ބުނީ އަޙްސަން ހޯދަމުން ދަނީ އޭނާގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޑަައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މާރިޗު 18 ވަނަ ދުވަހުގެ 09:30 އަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ފުލުހުން ވަނީ އަޙްސަނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ. \