އަންހެނަކަށް ފުރައްސާރަ ކޮށްފިނަމަ، ދިފާޢުގައި ހުރިހާ އަންހެނުން ތެދުވާން ޖެހޭ: މެޑަމް ސާޖިދާ
އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ބައެއް ކަމަށެވެ. އެގޮތުން އިސްލާމްދީނުގައި މަންމައަށް ދޭންޖެހޭ ޤަދަރު ބައްޕައަށްވުރެ ތިން ގުނަ އިތުރު ކަން ފާހަގަކުރެއްވިއެވެ. "މިފަދަ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ހަމަހަމަކަމުގެ…