ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ޖުމުލަ ބަރުދަނުގައި 3.5 ކިލޯގްރާމް ހުންނާނެ ކަމަށާއި، މި ތަކެތީގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ ކަމަށެވެ.
މިގޮތުން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 2،138 ގުރާމުގެ މެތަމްފެޓަމިނާއި، 1،086 ގުރާމުގެ ކެޓަމިން އަދި 310 ގުރާމުގެ ހެރޮއިން ހިމެނެއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މާލޭ ކޮމާޝަލް ހާބަރުންނެވެ.
+1
+1
+1
+1
+1
+1