ކޮރަޕްޝަންގެ ތުހުމަތުގައި ރޭ މަގާމުން ދުރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާންގެ ގެ ފުލުހުން ބަލާ ފާސްކޮށް ފައިސާތަކެއް ގެންގޮސްފިއެވެ.
އެނގިފައިވާ ގޮތުގައި، ޝަމްއާން ދިރިއުޅުއްވާ ގެ ރޭ ދަންވަރު ބަލައިފާސްކޮށް، ގެންދިޔަ ތަކެތީގެ ތެރޭގައި ފައިސާތަކެއް ހިމެނެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާތަކެއްކަން ސާފެއް ނުވެ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަޤާމުން ޝަމްއާން ވަކިކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތުގައެވެ.
ޝަމްއާންގެ ގެ ބަލައިފާސްކުރިއިރު، އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލާ ކަމަށް ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.