ސްޓެލްކޯއަށް 2024 ގައި 138 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 2023 ވަނަ އަހަރު 172 މިލިއަން ރުފިޔާގެ ގެއްލުން ވުމަށްފަހު، 2024 ވަނަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2018 އިން 2022 އަށް ކުންފުނިން ވަނީ…