ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ ދަށުން، ރަމަޟާން މަހުގެ މުނާސަބަތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަ ތަރާވީހެއް ދެއްވައިފިއެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މި ފަދަ ހަރަކާތްތަކަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ދީނީ ރޫހު އާލާކުރުމަށް ވަރަށް މުހިންމު ކަމެއް، ކަމަށެވެ. އަދި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ފާހަގަކުރުމަށް މިފަދަ ފުރުސަތުތައް ދިނުމަކީ ކުންފުނީގެ އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޚާއްސަ ތަރާވީހުގެ ތެރޭގައި، މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަނެއްގެއިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ކުރިން ބޭއްވި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ އިޢުލާންކުރުމާއެކު، ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންދެވުނެވެ.
މި ހަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިތުރުން ކުންފުނީގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މުވައްޒަފުންގެ ފަރާތުން މި ހަރަކާތަށް ލިބުނު ތަރުހީބަށް ބަލައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް އިތުރަށް ބޭއްވުމަށް ވަނީ ރޭވިފައެވެ.