+1
1
+1
+1
+1
+1
+1
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ދޫކުރާ ލޯނުތައް ޝަރީޢާއާ އެއްގޮތަށް ކޮމްޕްލަޔަންޓް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ ރައީސް މުއިއްޒު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މި ނިންމުމާ ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނުތަކުން ނަގަމުން އައި 1% އެޑްމިނިސްޓްރޭޓިވް ފީ އުނިކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުގެ ދަށުން، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނު އަދަދުތައްވެސް އަލުން އެޖަސްޓްކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.
މި ބަދަލުތަކަކީ ދިވެހިރާއްޖޭގައި ލޯނުދޫކުރުމުގެ ނިޒާމު އިސްލާމީ ހަމަތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުންނަށް ތަޢުލީމާއި ތަމްރީނު ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ބެލެވެއެވެ.