ފިޠުރު ޢީދަށް ހުރިހާ ރަށަކަށް އީދު ލައިޓް ފޮނުވާ ނިމިއްޖެ
ބަރަކާތްތެރި ފިޠުރު ޢީދުގައި ރަށްތައް ދިއްލުމަށްޓަކާ، މިދިޔަ އަހަރު ބޮކިތަކުން ދިއްލާލެވުނު ރަށްތަކުގެ އިތުރުން އިތުރު 36 ރަށަކަށް މި ޢީދާ ދިމާކޮށް ބޮކިތައް ފޮނުވުމުގެ މަސައްކަތް ފުރިހަމަ ކޮށްފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، ޢީދު ދިއްލާލުމަށް ބޭނުންވާ ބޮކިތައް މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފޮނުވާ ނިމިފައިވާ ކަމަށެވެ. އަދި ގިޑިގެ ފޮނުވަންޖެހޭ 86 ރަށަކަށް ގިޑިގެ ފޮނުވުމުގެ…