ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު ފޯރަމެއް ކަމަށް ސިޓީސް، އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ކުރިއަށްދާ "ރަށްވެހިންގެ ސައްލާ"ގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް ކަމަށާއި މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެކަމަށެވެ.
އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް. އަޅުގަނޑު ޤަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ޚާއްޞަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މިހާތަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަަމަށެވެ. އެމަސައްކަތްތަކުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެފައިވާކަމަސާއި، މިހާރު މި ނިޒާމަކީ ރައްޔިތުން ބަލައި ގަންނަ އެއްޗަކަށް ވެފައިވާކަމަށް ވިދާޅުވިއެވެ.