އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ
އައްޑޫ ފޭދޫ ލިންކްރޯޑުގައިކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މިރޭ 7:29 ހާއިރު ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު، 36އ. ކަމަށެވެ. ސިޔާދު ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައިވާކަމަށް ފޭދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުންް ބުނެ އެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ.ފިޔޯރީ،މާގޯލްޑް މުހައްމަދު މާހިލް،23އ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ.