މާލޭ ސިޓީ ކައުންސިލުން ހުޅުވާލި މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕް ފުރުޞަދަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއީ ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލް ދީފައިވާ ފުރުޞަތު ތަކެކެވެ.
ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޞީއްހީ ދާއިރާ، ޝޯޝަލް ސަރވިސް، ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން، އައިޓީ ދާއިރާ އަދި ޓޫރިޒަމް ދާއިރާފަދަ ދާއިރާތައް ހިމެނެއެވެ.
ޕާކިސްޓަނުގައި ކުރިއަށް ދާ މި ތަމްރީން ކުރިއަށް ދަނީ 12 ހަފްތާ އާއި 24 ހަފްތާގެ މުއްދަތަކަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޯހުގެ ބައިވެރިންނަށް މާލެ- ޕާކިސްތާން ދަތުރު ޚަރަދު، ހުރުމާއި ކެއުން އަދި ކޯސް ފީ ހަމަޖެހޭނެ ކަމަށެވެ.
ކޯސްތަކަށް ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި،6 ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
50 މީހުންގެ ލިސްޓު ފައިނަލް ކުރާނީ ކައުންސިލް އިން އެކުލަވާލާ ކޮމިޓީން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ބަލައިގެންނެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ 28 އޭޕްރީލް 2025، އާދިއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ. މިގޮތުން ހޮވޭ ނަންތައް 30 އެޕްރީލް 2025 ގެ ކުރިން ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.