ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ސީޕީ އިސްތިއުފާ ދެއްވަން ނިންމެވިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންނަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްވެސް ވަނީ އަންގަވައިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ސީޕީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ސީޕީއަށާއި ފުލުހުންގެ މުއައްސަސާއަށް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ޢަމަލުކޮށްފައިވާ ގޮތާމެދު ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭވެސް މުޒާހަރާކޮށްފައެވެ.
+1
+1
+1
+1
+1
+1