ފަރުހާދު ގެ ބަދަލުގައި ވަގުތީ ސީޕީ އަކަށް ނަވީން
ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފި އެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ މަގާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ. ނަމަވެސް މިނިސްޓަރު އިހްސާން ސޯޝަލް މީޑިއާގައި އޭގެ އިރުކޮޅެއް ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ…