ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާމަންގެ މަޤާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން މުހައްމަދު ޝަމީ ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނީގެ ބޯޑުން އަދި ޗެއާޕާސަންގެ މަގާމުން އޭނާ ވަކިކުރައްފާއިވާ ކަމަށެވެ. ޕީސީބީން ވިދާޅުވީ ގޮތުން ޝާމީ އެ ކުންފުނީގެ ބޯޑުން ވަކިކުރެއްވީ އިއްޔެއެވެ.
އޭގެ އިތުރުން އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޮޑު މެންބަރުކަމުންވެސް ވަކި ކުރައްވާފައެވެ.
އާރްޑީސީގެ ޗެއާމަންގެ މަގާމަށް އޭނަ އައްޔަން ކުރީ މިދިޔަ އަހަރުގެެ ޖެނުއަރީގައެވެ. ޝާމީ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ޗެއާމަންއެވެ.
ކުރިން ސިފައިންގޭގައި އުޅުއްވި ޝަމީ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވިއެވެ. އަދި ކޫއްޑޫ އާއި އެންސިސް ފިޝަރީޒްގައި ވެސް މަސައްކަތް ކުރައްވާފައި ވެއެވެ.