މާލޭގެ މޫނުމަތީގައި ކުރިން ހިންގި މަޝްހޫރު ހޮޓާ، ނަސަންދުރަ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ބޮޑެތި ބަދަލުތަކަކާ އެކު ހުޅުވައިފި އެވެ.
ސްޕެއިންގެ ކުންފުންޏަކުން 25 ބުރިއަށް ތަރައްގީކޮށް، ހިންގަން ފެށި މި ސިޓީ ހޮޓަލަށް މިހާރު ކިޔަނީ "ބާސެލީ ނަސަންދުރަ މާލެ" އެވެ.
ނުވަދިހަ މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އެ ހޮޓަލުގައި 136 ކޮޓަރި ހުރެއެވެ. އަދި 116 ސާވިސް އެޕާޓްމަންޓާއި ޕޫލާއި އެހެނިހެން ޒަމާނީ އެތައް ހިދުމަތެއް ލިބޭގޮތަށް އެތަން ވަނީ ތަރައްގީ ކޮށްފައެވެ.
މީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހުރެއެވެ. "ބާސެލޯ ނަސަންދުރަ މާލެ" ހިންގާ ކުންފުންޏަކީ ސްޕެއިންގެ ހޮޓެލް ޗެއިން ބާސެލޯ ގްރޫޕެވެ.
ނަސަންދުރައިގެ ކޮންސްޓަރަކްޝަންގެ މަސައްކަތް ކުރީ ޗައިނާގެ ޒޮންޝިއާން ކޮންސްޓްރަކްޝަންއިންނެވެ.