މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ.
މި ދިރާސާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކޮށް، އޮނުގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަންނާނެއެވެ. އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ.
+1
+1
+1
+1
+1
+1