ރައުދު ދޫކޮށްލިތާ މާ ގިނައިރެއް ނުވެ، ހައްޔަރުކޮށްފި
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް މިއަދު ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފިއެވެ. ރައުދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އައު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. ރައުދު ކުރިން ބަންދުން ދޫކޮށްލާފައިވާކަން ހާމަވެފައިވަނީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މިއަދު ތާވަލުކޮށްފައި އޮއްވައި،…