މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް މިއަދު ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފިއެވެ.
ރައުދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އައު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.
ރައުދު ކުރިން ބަންދުން ދޫކޮށްލާފައިވާކަން ހާމަވެފައިވަނީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މިއަދު ތާވަލުކޮށްފައި އޮއްވައި، އެ މައްސަލަ އަނބުރާ ުރާ ގެންދިއުމުންނެވެ. ފުލުހުން ކުރިން މަޢުލޫމާތު ދީފައިވާ ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ރައުދުގެ އިތުރުން އިތުރު ހަތް ޒުވާނުން ބައިވެރިވެފައިވެއެވެ.