ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މިގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އެވެ. މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 12 ދުވަސް ޖަހައިފައެވެ.
ފުލުހުން ބުނީ މޭ 27 ވަނަ ދުވަހު މިލަންދޫ ޕޮލިސްް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި މިލަންދޫ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
+1
+1
+1
+1
+1
+1