އައިނު ހަދަން ދޭ އެހީ 2،000ރ. އަށް ބޮޑުކުރަނީ
އާސަންދަ އިން އައިނު ހަދަން ދޭ އެހީ 2،000ރ. އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައި ހެދުމަށް އާސަންދައިން ދޭ އެހީ ބޮޑުކުރުމަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެގޮތުން އެކަމަށްޓަކާ ހަދަންޖެހޭ ހުރިހާ ހިސާބެއް މިހާރު ހަދައި ނިންމާފައިވާ ކަމަށެވެ. ޖޫން އެކަކުން ފެށިގެން އައިނު ހައްދަންދޭ 1،000 ރުފިޔާ 2،000…