ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ، ޒަޚަމުކޮށްލި މައްސަލާގައި 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ކުޑަކުއްޖަކު ހައްޔަރު ކޮށްފައިވާއިރު، އަނިޔާވީ އިންޑިއާ ފިރިހެނަކަށެވެ.
އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
+1
+1
+1
+1
+1
+1