މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ގައިދީންގެ ފުޓްސަލް މުބާރާތެއް ބާއްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެވުނެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ކުރެވުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ އިނާމު ދީފައިވެއެވެ. އަދި ޤައިދީންނާއެކު ވަރަށް އެކުވެރި…