ކޮވިޑް19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 17ވަނަ ފަހަރަށް ދަމަހައްޓައިފިއެވެ. އެގޮތުން އޮގޮސްޓްމަހުގެ 2 ވަނަ ދުވަހާ ހަމައަށް ރާއްޖެ އޮންނާނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިކަމަށްވަނީ ކަނޑައަޅާފައެވެ.
މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ވަނީ އަދިވެސް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފެނިވަޑައިގަންނަވާތީ ގައުމުތަކުގެ ހާލަތު އަދިވެސް ނުރައްކާ ފައްތަރެއްގައި އޮތްއިރު މިޙާލަތުގައި ރާއްޖޭގެ ރައްކާތެރިކަމަށްޓަކާ މިހާރު ގާއިމުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޯގަސްޓްމަހުގެ 2ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން ނިންމާކަމަށެވެ.
ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް ދެމެހެއްޓުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން މިދިޔަ އަހަރުގެ މާޗްމަހުގެ 12ވަނަ ދުވަހުއެވެ. އޭގެފަހުން 16 ފަހަރެއްގެ މަތިން މިމުއްދަތު މިހާރުވަނީ އިތުރުކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ގާނޫނީ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލާޒިމުކުރެއެވެ.
+1
+1
+1
+1
+1
+1