ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:41 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
+1
+1
+1
+1
+1
+1