މަތީ ތަޢުލީމުގެ ދާއިރާއިން ސިންގަޕޫރާއެކު މަސައްކަތް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
މަތީ ތަޢުލީމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (އައިޓީއީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރަތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި…