މާލޭގެ ސަލްމާން މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމިކް ލައިބްރަރީ މި މަހު ރަސްމީކޮށް އިފުތިތާހު ކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެތަން އިފުތިތާހު ކުރުން އޮންނާނީ މި މަހުގެ 12 ގައި ކަމަށެވެ.
އެގޮތުން ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ ހުޅުވަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެ މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ގާއިމު ކުރަން ނިންމިކަން އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ސެލްޓެމްބަރު މަހު އެވެ.
އޭރު މިނިސްޓަރު ވިދާޅުވީ ކުރިން އިސްލާމީ މަރުކަޒުގައި ހުރި އިސްލާމިކް ލައިބްރަރީ ފާއިތުވެ ދިޔަ އަހަރުތަކުގައި ބަންދުކޮށް، އެ ތަނުގައި ހުރި ފޮތްތައް ގުދަންކޮށްފައިވާތީ، ސަލްމާން މިސްކިތުގައި އިސްލާމިކް ލައިބްރަރީ ގާއިމު ކުރާނެ ކަމަށެވެ.
ޝަހީމު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސަލްމާން މިސްކިތުގެ އިސްލާމިކް ލައިބްރަރީ ހުޅުވަން ތައްޔާރުވުން އަންނަ އިރު، ރާއްޖޭގެ އެހެން އިސްލާމީ މަރުކަޒުތަކާއި އެހެން ބައެއް ރަށްރަށުގައި ގާއިމު ކުރަން ނިންމާފައިވާ އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތް އެކުވެރި ގައުމެއްގެ ޔުނިވަސިޓީއަކުން ހަދިޔާ ކުރަން ވެސް ނިންމާފައިވެ އެވެ.
އޭގެ ތެރޭގައި ތިނަދު އާއި ރ. އުނގޫފާރުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒާއި މިހާރު ހދ. ދިއްދު އާއި އައްޑޫ ހިތަދޫގައި ގާއިމު ކުރަމުން އަންނަ އިސްލާމީ މަރުކަޒު ހިމެނެ އެވެ.
ޝަހީމު ވިދާޅުވީ އެތަންތަނަށް 60،000 ފޮތް ހަދިޔާ ކުރާނެ ބޭރުގެ ޔުނިވަސިޓީއަކުން ހަދިޔާ ކުރާނެ ކަމަށެވެ.