ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ގައި ދެ އަންހެނުން އަރައިރުންވެ، މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެއާޕޯޓުގައި ދެ އަންހެނުންގެ ދެމެދުގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އަންހެނަކު އިތުރު އަންހެނެއްގެ ބޮލުގައި ހިފައި ދަމާ މަންޒަރެވެ. އަދި އެތަނުގައި އެވަގުތު ތިބި ފިރިހެނުން އެ މީހުން ދުރުކުރަން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
+1
+1
+1
+1
+1
+1