ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް ނިންމައި، އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅި ގަރާރުގަައި ވަނީ އަންނަ މަހުގެ ތިންވަަނަ ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި އެއާއެކު ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް މި އިހުތިޖާޖުތައް ސިލްސިލާ ގޮތުގައި ގެންދިޔުމަށެވެ. އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.
އެ ހުށައެޅުމަށް ބަހުސްކުރި ހުރިހާ މެންބަރުން ވަނީ އެ ގަރާރަށް ތާއީދުކޮށް ގަރާރު ފާސްކޮށް އެކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިރޭގެ ގައުމީ މަޖިޅިހުގެ ޖަލްސާގައި ބައިވެރިވަޑައިގެންނެވި އެވެ.