އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ބަދުރުއްދީން ޙަސަން ޢައްޔަންކޮށްފިއެވެ.
ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން އެމްބީއޭ ހާސިލުކުރައްވާފައިވާ ބަދުރުއްދީނަކީ ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
2012 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިވަޑައިގަތުމަށްފަހު ބަދުރުއްދީން ވަނީ ރޭޓެއިލް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ، ސީނިއަރ މެނޭޖަރ އޮފް ރީޓެއިލް ބޭންކިންގ، ހެޑް އޮފް ރީޓެއިލް ބޭންކިންގ އެންޑް ކާޑްސްގެ މަޤާމު ފުރުއްވައިފައެވެ.
އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޢައްޔަން ކުރެވުމާ ހަމައަށް ބަދުރުއްދީން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަޤާމުގައެވެ.
ބަދުރުއްދީން ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އިން ޗާޓަރޑް ބޭންކަރގެ ސަނަދުވެސް ހާސިލުކުރައްވައިފައެވެ.