ފަޔަރ ޓްރަކް ލިބުމާއެކު ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި
ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް، ލޮރީ ބޭނުން ނުކުރެވޭ ހާލަތަށް އައުމާ ގުޅިގެން އިއްޔެ ވަނީ އެއާޕޯޓު ބަންދުކޮށް އޮޕަރޭޝަންތައް ހުއްޓާލައިފައެވެ. މިކަމުގެ ސަބަބުން އިއްޔެ ފުވައްމުލަކަށް ތާވަލުކޮށްފައި ހުރި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. ނަމަވެސް، އައްޑޫ ސިޓީން ގެންދިޔަ ފަޔަރ ޓްރަކް މިހާރު ފުވައްމުލަކު އެއާޕޯޓަށް ލިބިފައިވާއިރު، އެއާޕޯޓުގެ ޚިދުމަތްތައް ވަނީ މިހާރު އަލުން…